ޚަބަރު

ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ސަމާލުވުމަށް މެޓުން އަންގައިފި


ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން އަންގައިފިއެވެ.

މޫސުމާބެހޭ ޤައުމީ ޢިދާރާއިންވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދޭތެރޭގެ ބައެއް ރަށްރަށަށް އުދައަރާފާނެ ކަމަށް ލާފާކޮށް މިއަދު މެންދުރު 12:30 އިން ފެށިގެން 17:30 އާހަމައަށް އެސަރަހަދަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ލާފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާދެމެދުކަމަށް އެދިދާރާއިންވަނީ ވިދާޅުވެފައެވެ.

ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.