ޚަބަރު

އައްޑޫސިޓީން 5 ވަނަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ


އައްޑޫސިޓީ ހިތަދޫން 4ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އައްޑޫސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި 5ވަނަ މީހާއެވެ.

ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. މިކަމާއި ގުޅިގެން އައްޑޫއިކުއިޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) ވިދާޅުވީ، އެމީހާގެ އެއްވެސް ޢަލާމާތެއް މިވަގުތު ނެތް ކަމަށެވެ. އަދި މިކޭސްގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭއީއެޗްއިން ވިދާޅުވިއެވެ.

މިއީ އައްޑޫ ހޯމް ކަރަންޓީނުގައި ހުރެ ޕޮޒިޓިވްވި 5 ވަނަ މީހާއެވެ. ނަމަވެސް މިވަގުތު މޮނިޓަަރ ކުރަމުން ދަނީ 4 މީހުން ކަމަށް އޭއީއެޗް އިން ވިދާޅުވެއެވެ. އައްޑޫސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ފުލުސް މީހާ ބަލިން ރަނގަޅުވެ މިމަހުގެ 21 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެން ކަމުން މިވަގުތު ޕޮޒިޓިވް ކޭސްތަށް ވަނީ ހަމަ އެކަނި ހިތަދޫގައިއެވެ.

މިފަހުން ޒުވާނުންގެ މެދުގައި ކޯވިޑް-19ގެ ކޭސްތަށް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.