ޚަބަރު

ރައީސް މައުމޫނުގެ ހާލުކޮޅު ރަނގަޅު، އަލާމަތްތައް ހުރީ ކުޑަކޮށްއް: އާއިލާ


ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ރޭ އެމަނިކުފާނު ވަނީ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް މެދުވެރިކުރައްވައި ހާމަކުރައްވާފައެވެ.

ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފްއާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ ރައީސް މައުމޫނުގެ ހާލު ރަނގަޅުކަމަށާއި ބަލީގެ އަލާމާތްތައްވެސް ހުރީ ކުޑަކޮށްކަމަށެވެ.

އޭގެ ފަހުން ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި، އެމަނިކުފާނަށް ހެޔޮދުޢާ އާއި ހެޔޮއެދުންތައްތައް ފޮނުއްވައި ކުރެއްވި، ޓުވީޓުގައި ވިދާޅުވީ، ހާލުކޮޅު ރަނގަޅު ކަމަށެވެ.

ރައީސް މައުމޫނު ކުރެއްވި ޓުވީޓު --
ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓު --

ރައީސް މަޢުމޫން ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރެއްވުމާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ އާންމުން އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކުރަމުންނެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް މަޢުމޫނަށް ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަން ދިގުލާތީ ޓެސްޓްތަކެއް ހެދުމަށް އައި.ޖީ.އެމް.އެޗްގައި އެޑްމިޓްކޮށް ފަރުވާވެސް ދެއްވާފައިވެއެވެ.

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ޝަޚްސިއްޔަތެކެވެެ. ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނައުމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.