ވިޔަފާރި

ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ޖަމާކޮށްދޭ އުސޫލު ބަދަލުކޮށްފި


ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ޖަމާކޮށްދޭ އުސޫލަށް ބޭންކް އޮފް މޯލްޑިވްސްއިން ބަދަލުގެނެސްފިއެވެ.

ބީއެމްއެލްއިން ބުނީ 26 އޮގަސްޓް 2020 އިން ފެށިގެން 'ވިސާ ޑައިރެކްޓް'، 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާކަމަށެވެ. މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށްކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާއްމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެކަމަށާއި ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.