ޚަބަރު

ޖަނަވަރީ މަގުގައި ހުރި ފިހާރަައެއްގައި ރޯވި އަލިފާން ނިވާލައިފި


މާލޭގެ ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި ރޯވި އަލިފާން ނިވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފްގެ ފަޔަމަނުން އެސަރަހައްދަށް ގޮސް އަލިފާން ނިވާލުމަށް ކުރި މަސައްކަތުން 1:30 ހާއިރު އަލިފާން ނިވާލެވިފައިވާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ، ޖަނަވަރީ މަގުގައި ހުރި ވެސްޓަޔަރ ނަމަކަށް ކިޔާ ހެދުން ވިއްކާ ފިހާރައެއްގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެފިހާރައިގައި އަލިފާން ރޯވެފައިވަނީ އޭސީގެ އިންޑޯ ޔުނިޓުގައެވެ، އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ،

ހެންވޭރު ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައި ވާއިރު، ހުކުރު ދުވަހުގެ ރޭވެސް ހެންވޭރުގައި ހުރި ކެފޭއެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައެވެ. އެހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.