ކުޅިވަރު

މެޗު އުނދަގޫވާނެ، އައިސްލޭންޑްގެ ޑިފެންސް ވަރުގަދަ: މާޓިނޭޒް


ޔުއެފާ ނޭޝަންސް ލީގުގައި އައިސްލޭންޑާ ދެކޮޅަށް ނުކުންނައިރު މެޗު އުނދަގޫވާނެކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މާޓިނޭޒް ބުނީ އައިސްލޭންޑާއި ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާ ސަބަބަކީ އެޓީމު ކުޅޭ ޑިފެންސިވް ފުޓްބޯޅައަށް ވުމާ، އެޓީމުގެ ޑިފެންސް ލައިނު ފޫއަޅުވާލަން އުނދަގޫވުމުންކަމަށެވެ. އޭނާ ބުނީ ޑެންމާކު މެޗުގެ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ބެލްޖިއަމުން ދެއްކި ކަމަށެވެ. މާޓިނޭޒް ބުނީ އައިސްލޭންޑުން އިންގްލޭންޑާ ދެކޮޅަށް ކުޅުނު ކުޅުން މިރޭގެ މެޗުގައި ދައްކާނެކަމަށް ބޮޑަށް ބެލެވޭކަމަށެވެ. އެޓީމުން ދެއްކި ވަރުގަދަ ކުޅުމުން ހައިރާންވާ ކަމަށް މާޓިނޭޒް ބުންޏެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އައިސްލޭންޑްގެ ކޯޗު އެރިކް ހާމަން ބުނީ މީއީ ދުނިޔޭގެ ރޭކިންގެ އެއްވަނައާއި ތިރީސް ނުވަވަނައިގެ ކުރިމަތިލުމެއް ކަމަށާއި ހުރިހާ އެންމެވެސް އުއްމީދުކުރާނީ ފަސޭހާ ކަމާއެކު ބެލްޖިއަމުން މެޗު ކާމިޔާބު ކުރާނެކަމަށެވެ. މީގެ ދެއަހަރު ކުރިން އައިސްލެންޑް މި މުބާރާތުގައި ބަލިވެފަ އޮތަސް އަބަދު އެއްގޮތެއް ނުވާނެކަމަށް ކޯޗު ބުންޏެވެ. މެޗު ރާވާނީ ކައުންޓަރ އެޓޭކިން ގޭމަކަށް ކަމަށާއީ ބެލްޖިއަމާ ދެކޮޅަށް ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާންކަމަށް ވެސް އައިސްލޭންޑުގެ ކޯޗު ބުންޏެވެ.

އެންމެ ފަހުން މި ދެޓީމު ޔުއެފާ ނޭޝަންސް ލީގުގައި މީގެ ދެއަހަރު ކުރިން ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 3-0 އިންނެވެ.