ޚަބަރު

ކުޅުދުއްފުށީގައި ނިޔާވި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ހއ ކެލާގައި ހޯމްކަރަންޓީންގައި ހުއްޓައި ހާލުދެރަވެގެން ކުޅުދުއްފުއްޓަށް ގެނެސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މި މީހާ ނިޔާވެފައި ވަނީ ބަލިވެގެން ދިއްދުއަށް ގެންގޮސް ދިއްދޫން ކުޅުދުއްފުއްޓަށް ފޮނުވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ފަރުވާދެމުން ދަނިކޮށްކަމަށް މައުލޫމާތު ލިބެއެވެ.

މަރުވ، މިމީހާއަކީ އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް، ފަހު، ރާއްޖެއައިސް ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.

މި މީހާ ރޭ ނިޔާވުމުން ނެގި ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މިއީ ސީދާ ކޯވިޑް-19 ބަލީގައި ނިޔާވީހެއްކަން ނުވަތަ ނޫންކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.