ކުޅިވަރު

ދެއަހަރު ތެރޭގައި އިޓަލީ އެންމެ މަތީ ފަންތީގައި ވާދަކުރާނެ: ޖިއޮޖިއޯ ކިއެލީނީ


ކުރިޔަށް އޮތް ދެއަހަރު ތެރޭގައި އިޓަލީގެ ޤައުމީ ފުޓްބޯޅަ ޓީމު އެންމެ މަތީފަންތީގައި ވާދަކުރާނެކަމަށް އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޖިއޮޖިއޯ ކިއެލީނީ ބުނެފިއެވެ.

އިޓަލީގެ ގައުމީ ޓީމަށް މާބޮޑު ކާމިޔާބެއް ނުލިބި އޮތުމަށްފަހު މަންޗީނީގެ އިރުޝާދުގެ ދަށުން ޓީމު އަންނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫރޯ ކޮލިފައިންގައި އެޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރިއިރު ޓީމުން ވަނީ މިހާތަނަށް ކުޅުނު 13 މެޗުގައި ތެރެއިން 12 މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެއްވަރުވީ ނޭޝަންސް ލީގުގެ މިފަހަރު ކުޅުނު ފުރަތަމަ މެޗުން ބޮސްނިޔާ އަތުންނެވެ.

ކެޕްޓަން ކިއެލީނީ ބުނީ އެތައް ދުވަހަކު ލޮކްޑައުންގައިތިބެފައިވެސް އިޓަލީގެ ފެންވަރު ދައްކާލައިފި ކަމަކަށެވެ. ނޭޝަންސް ލީގުއި އެންމެ ފަހުގެ ރަނަރަޕް ބަލިކޮށް އިޓަލީން ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ކަކުލަށް ލިބުނު އަނީޔާއަކާ ގުޅިގެން އެއް އަހަރު ދުވަހު ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު ކިއެލީނީ ވަނީ އެ މެޗުގައި ކުޅެފައެވެ.

އޭނާ ބުނީ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވުމުން އުފާވާކަމަށާއި ބޭނުންވަނީ އިޓަލީއެކު މޮޅުވުމުގެ ސިލްސިލާ ކުރިޔަށް އޮތްދުވަސްތަކުގައި ދަމަހައްޓަންކަމަށެވެ.

އިޓަލީ އޮތީ ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައެވެ.