ކުޅިވަރު

ޑެހެއާ ޔުނައިޓެޑާއެކު 4 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި




މެންޗަސްޓަރ ޔުނައިޓެޑްގެ ގޯލް ކީޕަރ ޑޭވިޑް ޑެހެއާ
އެ ކްލަބާއެކު އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި.



މި ސީޒަނަށްފަހު މެންޗަސްޓަރ ޔުނައިޓެޑާއެކު
ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިން ހަމަވާގޮތަށް އޮތް ނަމަވެސް މިއަދު
ސޮއިކުރި މި އެއްބަސްވުމާއެކު ދެހާސް ވިހިވަނަ އަހަރުގެ ނިޔަލަށް ސައުވީސް
އަހަރުގެ ގޯލް ކީޕަރ އެ ކްލަބްގައި މަޑުކުރަން ޖެހޭނެއެވެ. ޔުނައިޓެޑަށް
ސޮއިކުރުމަށްފަހު ޑެހެއާ ބުނީ ފުޓްބޯޅައިގެ ތެރޭގައި އުނދަގޫ ކަންކަންވެސް
ހިތްހަމަ ނުޖުހޭ ކަންކަންވެސް ދިމާވާނެކަމަށާއި، މިއީ އެކަންކަން ހަނދާން
ނައްތާލުމަށްފަހު އަނެއްކާވެސް އަލުން ފަށައިގަންނަންވީ ވަގުތު ކަމަށެވެ.

ނިމިގެންދިޔަ ޓްރާންސްފާރގެ ފަހު ދުވަހު ޑެހެއާރ ރިއަލް މެޑްރިޑަށް
ބަދަލުވުމުގެ ހުރިހާ ކަމެއް ނިންމުމުގެ މަސައްކަތް ކުރި ނަމަވެސް ލިޔެކިޔުމުގެ
މައްސަލައެއް ދިމާވެގެން އޭނާއަށް ވަނީ ރިއަލް މެޑްރިޑަށް ބަދަލުވެވޭގޮތް ނުވެފައެވެ.