ކުޅިވަރު

އިޓަލީން ޔޫރޯ ކާމިޔާބު ކުރަންޖެހޭ: މަންޗިނީ


އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީން ކާމިޔާބުކުރަން ޖެހޭ ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

މަންޗިނީ ބުނީ މުބާރާތަށް ދާނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައިކަމަށެވެ. އެހެންނަމަވެސް އިޓަލީއަކީ މުބާރާތް ކާމިޔާބު ކުރާނެކަމުގެ ފޭވަރިޓެއް ނޫންކަމަށާއި މޮޅަކުން މުބާރާތް ފެށުމަކީ މުހިންކަމުގެ ގޮތުގައި މަންޗިނީ ފާހަގަކުރިއެވެ. އިޓަލީގެ ތާރިޚަށްޓަކައި މުބާރާތުގައި ދެވެންއޮތް އެންމެ ދުރަކަށްދާން މަސައްކަތް ކުރަންޖެހޭ ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ކޮލިފައިންގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމަކީ އިޓަލީކަމަށެވެ. އިޓަލީ އަންނަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުރިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެންމެފަހުން އެޓީމުން ވަނީ ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް ވެސް ބަލިކޮށްފައެވެ. ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ.