ޚަބަރު

އަދީބާ ދެކޮޅަށްކުރި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކުރި މައްސަލަގެ ޙުކުމް އިއްވުން މާދަމާ


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކުރި މައްސަލަގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތް މާދަމާ ބާއްވާގޮތަށް ހައިކޯޓުން ނިންމަވައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތުއުނާފު މައްސަލައިގަ މިއަދު ޝަރީއަތުގެ އަޑުއެހުންތައް މިމަހުގެ 15ވަނަ ދުވަހު ނިންމާލާފައިވާއިރު އެދުވަހުގެ އަޑުއެހުމުގައި އަދީބުވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާކަމަށާއި، އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ދައުލަތުން އަޙްމަދު އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން 23 ޖުލައިގައި ވަނީ އަމުރުކޮށްފިއެވެ.

ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ މައްސަލަ ނިންމުމަށް ބާއްވާ ހައިކޯޓުގައޮ އޮތީ މާދަމާ މެންދުރުފަހު 14:00ގައެވެ. މިޝަރީއަތް އެކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަގުތުން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.