ކުޅިވަރު

ކަރުނައިގެ އަލްވަދާއުއަށްފަހު ސުއަރޭޒް އެތްލެޓިކޯ މެޑްރިޑަށް


ބާސެލޯނާގެ ޓްރެއިނިންގ ގްރައުންޑްގައި ކުޅުންތެރިންނަށް ކީ ކަރުނައިގައި އަލްވަދާއުއަށްފަހު ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒް ބަދަލުވެއްޖެއެވެ.

އޭނާ ވާނީ ވޭތުވެދިޔަ ހަ ސީޒަނުގައި ބާސެލޯނާގައި ކުޅުނު ކުޅުންތެރިންނާ އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްފައެވެ. ސްޕެއިންގެ ރިޕޯޓްތައް ބުނާގޮތުން ސީޒަން ނިމުނުތަނާ ކުލަބު ދޫކޮށްލަން ސުއެރޭޒް ބޭނުންވިއެވެ. ނަމަވެސް ފަހުން ސުއަރޭޒް އެނިންމުން ބަދުލުކޮށް މަޑުކުރުމުން އެނާ ވިއްކާލަން ކްލަބުން ނިންމީ ބާސެލޯނާގެ ކޯޗުކަމާއި ޙަވާލުވި އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭންގައި އޭނާ ނުހިމެނޭތީއެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ ގާތްގުޅުމެއް އޮންނަ ސުއަރޭޒް އެ ކްލަބާއެކު ހޭދަކުރި ހަ ސީޒަންގައި އޭނާ ވެގެންގޮސްފަވަނީ އެކުލަބަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ހަތަރު ލީގު ތަށްޓާއި ސްޕެނިޝް ކަޕުގެ ހަތަރު ތަށި ބާސެލޯނާއެކު ކާމިޔާބުކޮށްފައެވެ. އަދި 2015 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ބާސެލޯނާއެކު ހޭދަކުރި ހަ އަހަރު ދުވަހު 13 ތައްޓެއް ސުއަރޭޒް އާއެކު އެކުލަބުން ހޯދާފައިވެއެވެ.

ސުއަރޭޒް އަކީ އެތްލެޓިކޯ މެޑްރިޑަށް ގުޅުނު އުރުގުއާއީގެ 8 ވަނަ ކުޅުންތެރިޔާއެވެ. ތަފާތު އެކި ސީޒަންތަކުގައި އެތުލެޓިކޯ އަށް އުރުގާއީގެ 7 ކުޅުންތެރިއަކު އެކުލަބަށް ކުޅެފަވެއެވެ.