ކުޅިވަރު

އުނދަގޫވަނީ އަމިއްލައަށް ހެދޭ ގޯސްތަކުން: ފްލިކް


ބަޔާން މިއުނިކަށް އަމިއްލައަށް ހެދޭ ގޯސްތައް ގިނަވުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް އެޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކުރުމަށްފަހު ފްލިކް ބުނީ މެޗަށް ނުކުތީވެސް މޮޅުވާން ކަމަށާއި އެކަމަކު އެކަން ހާސިލުކުރެވުނީ އުނދަގުލުންކަމަށެވެ. އޭނާ ބުނީ މިއީ ބަޔާން މިއުނިކަށް 2-0 އިން ކާމިޔާބު ކުރެވޭނެ މެޗެއް ކަމަށާއި ދެ ލަނޑުގެ ލީޑަކާއެކު ޓީމުން މެޗު މާބޮޑަށް ފަސޭހަކޮށްލެވުނީ ކަމަށެވެ. ފްލިކް ބުނީ ކޮންމެ ގޮތަކުންވެސް ބޭނުންވީ މޮޅެއްކަމަށާއި އެކަން ކާމިޔާބުވުމުން ހިތްހަމަޖެހޭކަމަށެވެ.

މިއީ ލީގުގައި އާދިއްތަ ދުވަހު ހާތާ ބާލިންނާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިބުނު ބޮޑު ހިއްވަރެއްކަމަށް ބަޔާން މިއުނިކަށް ފަސް ތަށި ހޯދައިދިން ކޯޗު ބުންޏެވެ. ފްލިކް ބުނީ ހާތާ ބާލިންނާ ދެކޮޅަށް އާދީއްތަ ދުވަހު ނުކުންނައިރު މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭކަމަށެވެ. ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކްގެ ކޯޗުކަމުގައި ކުޅުނު 40 މެޗުން ބަޔާން މިއުނިކް ވަނީ ފަސްތަށި ހޯދާފައެވެ. މިދިޔަ ހަފްތާ އެޓީމުން ވަނީ ޔޫރައިޕިއަން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.