ކުޅިވަރު

މެޗު ފަސޭހައެއް ނޫން، ޓީމު ސަލާމަތްކޮށްދިނީ ކީޕަރު: ޒިދާން


ސްޕެނިޝް ލީގުގައި ވަލަޑޮލިޑްއާ ވާދަކޮށް 1-0 އިން މޮޅުވި މެޗަކީ އެހާ ފަސޭހަ މެޗެއް ނޫންކަމަށާއި މިމެޗުގައި މެޑްރިޑު ސަލާމަތްވީ ކީޕަރު ތިބައޫ ކޯޓުއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ އެންމެ މުހިންމުކަމަކީ ބައިކޮޅަށް ލަނޑެއް ނުވަދެ ތިން ޕޮއިންޓް ހޯދުން ކަމަށާއި އެކަން ފުރިހަމަވެގެން ދިޔައީ ކޯޓުއާގެ މޮޅު ސޭވްތަކުން ކަމަށެވެ. އޭނާ ބުނީ މެޗުން ފާހަގަކުރެވުނު ކަންކަމަކީ އަމިއްލަ ހާފްގައި ބޯޅަ ހިފަހައްޓައިގެން ކުޅެން އުނދަގޫވުން ކަމަށާއި އެކަންކަމަކީ ކުރިޔަށްހުރި މެޗުތަކުގައި ޓީމުން ރަނގަޅުކުރަން ޖެހިފައިވާ ކަންކަންކަމަށެވެ.

އެންމެފަހުން ކުޅުނު މެޗުގައި ޓީމުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅެމެއް ފެނުނުކަމަށާއި މި މެޗުގައި އޭނާގެ މޮޅުކުޅުމުން ރެއާލް މެޑްރިޑް ސަލާމަތްވީ ކަމަށް މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ. ރޭ ހޯދި މޮޅާއެކު މެޑްރިޑުން ވަނީ 7 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ.