ކުޅިވަރު

ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ މާޔޫސް ނުވޭ: ލަމްޕާޑް


އިނގިރޭސި ލީގު ކަޕުގައި ޓޮޓްނަމްއާ ވާދަކޮށް ޕެނަލްޓީގައި ބަލިވުމުން އަދި މާޔޫސްނުވާކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ލަމްޕާޑު ބުނީ މުޅި މެޗަށް ބަލާއިރު ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ހަމައެކަނި ތަފާތަކަށްވީ ފުރަތަމަ ހާފާއި އަޅާބަލާއިރު ދެވަނަ ހާފްގައި ޗެލްސީއަށް ބޯޅަ ހިފަހައްޓައިގެން ނުކުޅެވުން ކަމަށެވެ. އޭނާ ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 90 މިނެޓަށް ބައެއް ކުޅުންތެރިންނަށް ފިޓްނަސްގައި ހިފާއްޓާލަން އުނދަގޫވި މައްސަލަ ކަމަށެވެ.

އުނދަގޫ މެޗެއް ކަމަކު ޓީމުން ދެއްކި ކުޅުމުގެ ސަބަބުން އެކަމާ އެނާ އެއްގޮތަކަށްވެސް މާޔޫސްނުވާކަމަށް ލަމްޕާޑް ބުންޏެވެ. ޗެލްސީއަށް އަށްވުރެ އިތުރަށް ދެ ހަފްތާ ޓޮޓްނަމަށް ސީޒަނަށް ތައްޔާރުވާން ލިބުނުކަން ޗެލްސީ ކޯޗު ވަނީ މެޗަށްފަހު ފާހަގަކޮށްފައެވެ. އެންމެފަހުން ލީގު ކަޕުގައި ކުޅުނު 8 މެޗުގެ ތެރެއިން ޕެނަލްޓީ ޖެހި 6 މެޗުން ޗެލްސީ ވަނީ ބަލިވެފައެވެ.