ކުޅިވަރު

މިއީ އަދި ސިޓީގެ މޮޅު ކުޅުމެއް ނޫން: ގާޑިއޯލާ


މި ސީޒަންގައި އަދި މިހާތަނަށް ދެއްކުނީ ސިޓީގެ އެންމެ މޮޅު ކުޅުން ނޫންކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ލީގު ކަޕުގައި ބާންލީ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގާ ހޯދުމަށްފަހު ގާޑިއޯލާ ބުނީ ޖުމްލަކޮށް ބަލާނަމަ މުޅި މެޗުގައި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. މެޗުތަކުގައި ވާދަކުރުމަށް އަދިވެސް އެހާ ގިނަ ތަމްރީންތަކެއް ޓީމުން ކުރިޔަށް ނުގެންދެވޭ ކަމަށާއި ހަ ކުޅުންތެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން ދާކަމަށާއި ހަތަރު ކުޅުންތެރިޔަކު އަނިޔާއިން މުޅިން ރަނގަޅުނުވާކަމަށެވެ.

އެހެންނަމަވެސް ބައިކޮޅަށް ލަނޑުތަކެއް ވައްދާނުލާ މެޗު ނިންމާލެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވޭތުވެދިޔަ ތިން ސީޒަނުގައި ވެސް ލީގު ކަޕު ކާމިޔާބުކުރި ކޯޗު ބުންޏެވެ. ސިޓީން ދަނީ މަޑުމަޑުން ކަންކަން ރަނގަޅު ކުރަމުންކަމަށާއި، ހުރިހާ ކުޅުންތެރިންނާއެކު ކުރިޔައޮތް ތަނުގައި ޓީމު ވަރުގަދަވާނެކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.