ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެދޭ އަގު ހެޔޮކޮށްފި


ޓްރީ ޓޮޕް ހޮސްޕިޓަލުން ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓުހެދޭ ޢަދަދު އިތުރުކޮށް އެޚިދުމަތުގެ އަގު ހެޔޮކޮށްފިއެވެ. މި ޚިދުމަތުގެ އަގުތަކަށް ބަދަލު އަންނާނި މާދަމާއިންކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ވަގުތުގައި އައު ޕީސީއާރް މެޝިނެއްވެސް އެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާކަމަށެވެ. އަދި އެއާއެކު ޓެސްޓް ކުރެވޭ އަދަދުވެސް އިތުރުވެގެން ދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓުގެ އަގުތައް:

  • ދިވެހި ރައްޔިތުންނަށް 1399ރުފިޔާއަށް
  • ވޯކް ޕަރމިޓް ބިދޭސީންނަށް 1399ރުފިޔާއަށް
  • ފަތުރުވެރިންނަށް 1499ރުފިޔާއަށް
  • ދިވެހި ރައްޔިތުން: 1399ރ.
  • ވޯކް ޕަރމިޓް ބިދޭސީން: 1399ރ.
  • ފަތުރުވެރިން: 1499.ރ

މިއައި ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު 24 ގަޑިއިރުތެރޭ އަދި ލަސްވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޕީ.ސީ.އާރު ނަތީޖާ އާޖަންޓުކޮށް ބޭނުންވާ މީހުންނަށް ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ލިބޭނެކަމަށާ އެ ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓު ހެއްދުމުގެ ޙިދުމަތް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ)، އިން-ޕޭޝަންޓް (އައި.ޕީ.ޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލާފައިވާކަމަށްވެސް ޓްރީ ޓޮޕުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އިން މީގެ ކުރިންވަނީ ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓްވެސް ހަދާފައެވެ. އަދި އެ ހޮސްޕިޓަލް ކޯވިޑް-19ގެ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްވެސް މީގެ ކުރިން ބޭނުން ކުރިއެވެ.