ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ޔުނިޓްގެ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް މިބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލު މަޖިލީހުގެ އިދާރާއިންވެސް އެމްއެންޑީއެފް އިންވެސް ހާމަކުރައްވާފައެއް ނުވެއެވެ.