ކުޅިވަރު

ހޭންޑްބޯލް ކޯޓްގައި ކޮންކްރީޓް ފުލޯއެއް އެޅުމުގެ މަސައްކަތް ފަށައިފި


ހޭންޑްބޯލް ކޯޓްގައި ކޮންކްރީޓް ފުލޯއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާރު ހޭންޑްބޯލް ކުޅެމުންދަނީ ވެލީގައެވެ. ހޭންޑް ބޯލް ކޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ވިސްނުމުގެ ތެރެއިން އެކޯޓްގައި ކޮންކްރީޓް ފުލޯއެއް އެޅުމަށް ހަވާލުކޮށްފައިވަނީ މެކްސްޓޯ މޯލްޑިވްސްއާއެވެ.

މިދިޔަ އަންގާރަ ދުވަހު މެކްސްޓޯ މޯލްޑިވްސްއަށް ހޭންޑްބޯލް ކޯޓްގައި ކޮންކްރީޓް ފުލޯއެއް އެޅުމުގެ މަސައްކަތް ހަވާލްކޮށްފައިވާއިރު، 23 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މަޢުލުމާތުދެއެވެ. ހޭންޑް ބޯލް ކޯޓުގެ 40 މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ފުލޯއެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިއެވެ. އަދި މި ފުލޯގެ ބޮމިނަކީ 4 އިންޗިކަމަށްވެސް ހޭންޑްބޯލް މޯލްޑިވްސްއިން މަޢުލުމާތުދެއެވެ.

އެޖަމިއްޔާއިން ބުނީ މިއީ ކުޅުންތެރިންގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިއްވަރެއްކަމަށާއި ކުޅުންތެރިންނަށް ވެލީގައި ކުޅެން ޖެހުމުން ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުންތެރިން ކުރި އުއްމީދެއްކަމަށްވެސް ހޭންޑްބޯލް މޯލްޑިވްސްއިން މަޢުލުމާތުދޭ.

ހޭންޑް ބޯލްއަކީ މިހާރު ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުޅުމުންދާ ކުޅިވަރެއް.