މުބާރާތުގެ
ސެމީފައިނަލްގައި ކޮންމެ ޓީމަކާޖެހުނަސް ފަރުވާލެއްނެތްކަމަށާއި، ބޭނުންވަނީ
މުބާރާތުގެ ތަށިކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.
މިއަދު
ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުޅުނު މެޗުން 4-2 ލަނޑުން މަހިބަދޫ އަތުން
މޮޅުވެ، ނިއުއިން ވަނީ ސެމީގެ
ޖާގައެއްކަށަވަރުކޮށްފައެވެ.
މެޗުގެ
ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ
ހާފްގެ 25ވަނަ މިނިޓްގައި ބިދޭސީ ފޯވާޑް އަލާމޫއެވެ. ނިއުއިން ލަނޑުޖެހުމުން
މަހިބަދޫގެ ކުޅުން ރަނގަޅުވިކަން ފާހަގަވިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ
34 ވަނަމިނިޓްގައި މަހިބަދޫއިން ފުރަތަމަ ފަހަރަށް އެއްވަރު ކޮށްދިނީ އެޓީމްގެ
ބްރެޒިލް ފޯވާޑް އެންޑަސަންއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުއިން ވަނީ
ލީޑްނަގާފައެވެ. 38 ވަަނަ މިނިޓްގައި ނިއުއަށް ލީޑް ނަގައިދިނީ ހަަމްޒާގެ ބަދަލުގައި ކުޅެން ނިކުއިން ސުހެއިލްއެވެ.
މެޗުގެ ދެވަނަ ހާފް މަހިބަދޫއިން ފެށީ ނިއުގެ ގޯލަށް
ނުރައްކާ ކުރަމުންނެވެ. ދެވަނަ ހާފްގެ ހަވަނަ މިނިޓްގައި މަހިބަދޫގެ ދެވަނަ ލަނޑު
ކާާމިބުކޮށްދިނީ މުހަންމަދު ނައުޝާދެވެ. މިލަނޑާއެކު ނިއުއިން އިތުރު
ބަދަލުތައްގެނެސް ކުޅުން އިތުރަށް ރަނގަޅު ކުރިއެވެ. ފަހުހާފްގެ ބާވީސް
ވަނަމިނިޓްގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ކާމިޔާބު
ކޮށްދިން އަލާމޫއެވެ. މެޗުގެ އަލާމޫގެ ހެޓްރިކް އަދި ނިއުގެ ހަތަރުވަނަ ލަނޑު
ފެނިގެން ދިޔައީ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވާން ތިން މިނިޓަށް
ވެފައިވަނިކޮށެވެ.
މެޗަށް ފަހު
ވާހަކަދައްކަމުން ނިއުގެ ކޯޗު ސޮބާހު ބުނީ ނިއުއާއި ކުޅެން ކޮންމެ ޓީމެއް ނުކުތަސް ނުކުން
ނަނީ އިތުރު ހިއްވަރެއްލައިގެން ކަމަށާއި މިއަދު ފެނިގެންދިޔައީ ނިއުގެ
ކުޅުންތެރިން ކުރި ހިތްވަރު ކަމަށެވެ. " އިނގޭ ފަސޭހައެއް ނުވާނެކަން މެޗު. ނިއުއާ ދެކޮޅަށް މިރަށުން ޓީމެއް ނުކަތަސް އިތުރަށް މޯޓިވޭޓް ކޮށްގެން މިނިކުންނީ. މުބާރާތުގެ މަހިބާދޫގެ އެންމެ މޮޅުުު މެޗު މިއީ " ސޮބާހު ބުންޏެވެ.
ސޮބާހު
އިތުރަށް ފާހަގަކުރި ގޮތުގައި ސެމީގައި މާޒިޔާ ނޫނީ އީގަލްސްއާ ކުޅެންޖެހުނަސް
މައްސަލައެއް ނެތްކަމަށެވެ. ތަށި ބޭނުންވާނަމަ ކޮންމެވެސް އެއްޓީމެއް ބަލިކުރަން ޖެހޭނެ ކަމަށާއި ބޭނުމީ
ތަށިކަމަށެވެ. " މީގަ ކޮންމެ ޓީމަކާޖެހުނަސް މައްސަލައެއް ނެތް. ތަށި
ބޭނުމިއްޔާ ކޮންމެވެސް އެއްޓީމެއް ބަލިކުރަން ޖެހޭ " ސޮބާހު ބުންޏެވެ.
މެޗަށް ފަހު މަހިބަދޫ ކޯޗް
ސްޓައިކޯފް ބުނީ މެޗު ކުޅުނީ އެއްވެސް ޕްރެޝަރެއް ނެތިކަމަށާއި މަހިބަދޫ ކުޅުނީ
އެމީހުންގެ އެންމެ މަތީލެވެލްގައި ކަމަށެވެ. " ހަޤީގަތުގަވެސް މެޗު މިކުޅުނީ
އެއްވެސް ޕްރެޝަރެއްނެތި ޓީމުގެފެންވަރުން މިއަދު ވަރަށް ރަނގަޅަށް ކުޅުނު "
މަހިބަދޫ ކޯޗު ބުންޏެވެ. މަހިބަދޫ ކޯޗު ބުނީ މަހިބަދޫ ޓީމަކީ ދަސްކުރަމުން
އަންނަ ޓީމެއްކަމަށާއި ޒުވާން ކުޅުންތެރިންގެ ހުނަރު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި މިއަދުގެ މެޗަކީ ހުތުރު މޮޅަކުން ލިބުނު ރީތިބައްޔެއްކަމަށެވެ.
މުބާރާތުގައި
މާދަމާ ހދ.ކުޅުދުއްފުށީގައި ކުޅޭނީ ޓީސީ އާއީ ބީޖީއެވެ. މިމެޗު އެއްވަރު
ކޮށްގެންވެސް ޓީސީއަށް ސެމީފައިނަލްގެ ފުރުޞަތު ލިބޭނެއެވެ. ބީޖީ ސެމީ އަށް ދާނީ 3 ލަނޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.