ޚަބަރު

އައްޑޫއިން ފުރަބަންދު އުސޫލާއި ޚިލާފްވި މީހެއްގެ ދެވަނަ ސާމްޕަލްއެއް ނަގަނީ


އައްޑޫގައި ފުރަބަންދު އުސޫލާއި ޚިލާފްވި މީހެއްގެ ދެވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއީއިން ބުނެފިއެވެ.

އައްޑޫގައި ފުރަބަންދު އުސޫލާއި ޚިލާފުވި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބައެއް މީޑިއާ ތަކުންވެސްވަނީ ރިޕޯޓު ކޮށްފައެވެ. މިކަމާ ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވީ، އޭނާގެ ފުރަތަމަ ސާމްޕަލް ޔަޤީން ނުވާތީ އިތުރު ސާމްޕަލް އެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުރަބަންދު އުސޫލާއި ޚިލާފުވި މީހާއާ ގިނަ ބަޔަކު ކޮންޓެކްޓްވެފައިވާތީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަ އެޗްޕީއޭއިން ވަނީ ދޮގުކޮށްފައެވެ. އާންމު އުސޫލެއްގެ ގޮތުގައި ކޮމިއުނިޓީ ސްޕްރެޑެއް ރަށެއްގައި އޮތް ކަން ކަނޑައަޅާނީ އެރަށެއްގައި ބަލި ފެތުރިގެން ދިއުމުންނެވެ.

އައްޑޫއިން މިހާތަނަށް 70 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. މިއީ މުޅިންވެސް ފުރަބަންދު ސާމްޕަލްތަކެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރަން އައި މީހުންގެ ތެރެއިންނެވެ.