ކުޅިވަރު

މިފެނުނީ 6 ފޫޓް 2 އިންޗީގެ ކީޕަރެއް ހުރުމުގެ ތަފާތު - ސުޒެއިން


މިއަދު މިފެނުނީ 6 ފޫޓް 2 އިންޗީގެ ކީޕަރެއް ހުރުމުގެ ތަފާތުކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒުއިން ބުނެފި.ޓީސީ ބަލިކޮށް ޕްރެޒިޑެންޓްކަޕް ފައިނަލުން ޖާގަ ހޯދި މެޗަށް ފަހު އަލީ ސުޒެއިން ބުނީ މާޒިޔާ މޮޅުވުމުގެ ސިއްރަކީ ތަފާތު ދިގު ކީޕަރެއް ހުރުން ކަމަށާއި، މާޒިޔާގެ މެނޭޖްމަންޓޫން މިމުބާރާތައް ކީޕަރ ގެނެސްދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.މިއަދުގެ މެޗަކީ ކެރިއަރުގައި ކުރިމަތިިވި އެންމެ ޕްރެޝަރ ބޮޑު މެޗްގެ ގޮތުގައި ސިފަ ކުރަމުން ސުޒެއިން ވަނީ ޓީސީއިން މުބާރާތުގައި ދެއްކި ކުޅުމަށް ތަޢުރީފްކޮށްފައެވެ." މެޗްގެ ތަފާތަކީ ދިގު ކީޕަރ ކުރި ސޭވްތައް. މިވަރުގެ ކީޕަރެއް ނެތްނަމަ މާޒިޔާއަށް މިއަދު ކާމިޔާބު ހޯދަން އުނދަގޫވިސް. ހަޤީގަތުގައިވެސް މޮޅުވުމުގެ ސިއްރަކީ ބިދޭސީ ކީޕަރ ޕަވެލް" ސުޒެއިން ބުންޏެވެ.ޕެނަލޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު މިމެޗްގައި މާޒިޔާގެ ކީޕަރ 2 ޕެނަލްޓީ މަތަކުރިއެވެ. މީގެ އިތުރުން ސުޒެއިން ވަނީ ޓީސީގެ ކޯޗް ނިޒާމް ޓީސީ ގޮވައިގެން މުބާރާތުގެ މިހާހިސާބަށް އައުމުން އޭނާއަށް ތަޢުރީފްކޮށްފައެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ޓީސީވެސް މުބާރާތައް އައީ ފައިނަލް ކުޅެން ކަމަށާއި މިއީ ޓީސީއަށް ނާކާމިޔާބު މުބާރާތެއް ކަމަށެވެ." ޓީސީވެސް އައީ ތައްޓަށް. ތަށި ނުލިބުމުން މިއީ ކާމިޔާބު މުބާރާތެކޭ ނުބުނެވޭނެ" ނިޒާމް ބުންޏެވެ.ޕްރެޒިޑެންޓް ކަޕް ފައިނަލްގައި މާޒިޔާ ނިކުންނާނީ ނިއުރޭޑިއެންޓާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.