ކުޅިވަރު

ފުވައްމުލަކު ދެކުނުދާއިރާކަޕްގެ ފައިނަލަށް މިސްކިތްމަގު


ފުވައްމުކަލު ދެކުނު ދާއިރާކަޕް 2015 ގެ ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. ފުވައްމުލަކުގެ އަވަށްތަކުގެ މެދުގައި މިހާރުކުރިއަށްދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން މިސްކިތްމަގު ޖާގަ ހޯދީ ފައިނަލުގައި ފުނާޑް ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ.މިސްކިތްމަގު މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް ފުނާޑް 25-23 ން ގެންގޮސްފައިވަނިކޮށް، ޖެހިގެން އައި ތިން ސެޓް މިސްކިތްމަގު ކާމިޔާބުކުރިއެވެ. އެއީ 27-25، 27-25 އަދި 25-18 ނެވެ. ސަޕޯޓަރުންގެ ވަރަށްބޮޑު ފޯރިއާއެކު ކުޅުނު ވާދަވެރި މިމެޗުން ބަލިވި ނަމަވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު ފުނާޑަށް އަދިވެސް އެބައޮތެވެ. އެއީ މިރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި  ހޯދަނޑާއި މާދަނޑު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ތިންވަނަ ސެމީގައި ވާދަކޮށް ކުރި ހޯދައިގެންނެވެ.ސެމީފައިނަލް ތިންވަނަ މެޗު ކުޅޭނީ މާދަމާރެއެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ.