ޚަބަރު

ކޯވިޑް-19އިގެ ވެކްސިން ދިނުމަށް، އައްޑޫގައި ބަލިމީހުން ދަފްތަރު ކުރަނީ


ކޯވިޑް-19 އިގެ ވެކްސިން ފޯރުކޮށްދިނުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ތިބި ދިގުމުއްދަތުގެ ބަލިތަކަށް ބޭސްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް އޭއީއެޗް އިން ފަށައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އައްޑޫގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސްކުރާ ފަރާތްތަށް ދަފްތަރު ކުރަން ނިންމީ މިހާރު އެކުލަވާލެވިފައިވާ ދަފްތަރު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި ކޯވިޑް-19 އިގެ ވެކްސިން ފޯރުކޮށްދިނުމަށް މިފަދަ ދަފްތަރެއް އޮތުމުގެ މުހިންމު ކަން އޭއީއެޗް އިން ވަނީ ފާހަގަކުރައްވާފައެވެ.

އޭއީއެޗް އިން ވަނީ 2 ޑިސެމްބަރުގެ ނިޔަލަށް އެފަދަ ހުރިހާ މީހުން ދަފްތަރު ވުމަށް ހުޅުވާލާފައެވެ. އެގޮތުން ދަފްތަރު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނެވެ.

އެހޮސްޕިޓަލުން އެދިފައި ވަނީ އެދިފައި ވަނީ އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެކްޝަނުގައި ރެޖިސްޓަރ ކުރުމަށް ނުވަތަ، ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާއިއު ކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ރެޖިސްޓަރ ވުމަށެވެ.

އެއީއެޗް އިން ދަފްތަރު ވުމަށް ހުޅުވާލާފައިވާ ތިރީގައިވާ ބަލިތަކަށް ފަރުވާކުރާ މީހުންނެވެ.
- ކެންސަރު ބަލި
- ދީފާއީ ނިޒާމު ބަލިކަށިވާ ފަދަ ބަލިތަށް ހުންނަ ފަރާތްތަށް
- ކިޑްނީ ބަލިތަށް
- ފުއްޕާމޭގެ ބަލިތަށް
- ހިތުގެ ބަލިތަށް / ސްޓްރޯކް
- ތެލެސީމީއާ އަދި އެހެނިހެން ލޭގެ ބަލިތަށް
- ފުރަ މޭގެ

އައްޑޫގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ދިގު މުއްދަތަަކަށް ބޭސް ފަރުވާ ކުރަންޖެހޭ ހުރިހާ ފަރާތްތަކެއް ވެސް ހޮސްޕިޓަލުގައި ދަފްތަރު ވުމަށް އޭއީއެޗް އިން ވަނީ އެދިފައެވެ. އެގޮތުން އެހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެކްޝަނުގައި ރެޖިސްޓަރ ކުރުމަށް ނުވަތަ، ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާއިއު ކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހޮސްޕިޓަލުން އެދެއެވެ.