ޚަބަރު

ކަރަންޓީނުނުވެ ރަށްރަށަށްދާ މީހުން އިތުރަށް މޮނިޓަރކުރުމާ ގުޅޭގޮތުން މަޝްވާރާކޮށްފި


ކޯވިޑް-19ގެ ޙާލަތުގައި ކުރު މުއްދަތަށް ރަށްރަށަށް ދިއުމަށް ހުއްދަ ދިނުމާއި އެފަދަ ފަރާތްތައް މޮނިޓަރ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވާރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކޮށްފައިވަނީ މިއަދު ބޭއްވި ހެލްތް އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ރަށްރަށަށް ކަރަންޓީން ނުވެ ދާ މިހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރައްވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހު ޢަބްދުﷲ މާހިރު ވިދާޅުވީ މި މަޝްވަރާ ބައްދަލުވުމުގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށާ މައްސަލައަށް ހައްލެއް ހޯދުމަށް އެޗްޕީއޭއާއި ޓެގްޓީމާއެކު އިތުރަށް މަޝްވަރާތައް ކުރައްވާނެކަމަށެވެ. އަދި އެއަށްފަހު ވަކިގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދަޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެއިން ރަށްރަށައްދާ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ހަމަކުރަންޖެހެއެވެ. އަދި އެމީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން ރިލީސް ސާމާޕަލް ނަގަންވެސްޖެހެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ރަށްރަށައް ގޮސް ކަރަންޓީން ނުވުމާއި ކަރަންޓީންގެ މުއްދަތު ހަމަނުވަނީ ޢާއްމުންގެ ތެރެއަށް ނުކުމެއުޅޭ މައްސަލަތަކެއް ފެންމަތިވިއެވެ. އަދި ކަރަންޓީނުން ދޫކޮށްލާ ބައެއް މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވެސް ވެފަވެއެވެ.

ފުރަބަންދު ކަރަންޓީނަށް ކަނޑައަޅާފައިވާ 14 ދުވަހަކީ ފުރިހަމަ މުއްދަތެއްކަމަށާއި، އެއީ އަތޮޅުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށް ލިބޭ ބޮޑު ބާރެއްކަމަށް ޓެގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުސޫލަށްބަލާއިރު، 14 ދުވަސްފަހުން ދޫކޮށްލާނަމަ 99 އިންސައްތަ ކަވަރކުރެވޭކަމަށާއި، އޭރުން ކޮންމެ 100 އަކުން ނޭނގި ދޫވުމުގެ ފުރުޞަތު އޮންނާނީ އެންމެ މީހެއް ކަންވެސް ޑރ. ނަޒްލާ ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގައި މި ބަލި އެންމެ ކާމިޔާބުކަމާއެކު ކޮންޓްރޯލްކޮށްފައިވާ ޤައުމުތަކުގައިވެސް ޕްރެކްޓިސްކޮށްފައިވަނީ ފުރަބަންދަށް 14 ދުވަސް ކަނޑައެޅުމުގެ މޮޑެލްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޒުވާނާ

އާދައިގެ ރައްޔިތެއް ދިޔައިމަ އެކަނި ދޯ ތިބުނާ ކަރަންޓީނެއް އޮންނަނީ

އައި

އެޗް ޕީ އޭ ޚާއްޞަ ހުއްދަ ދޭތީ ވަކި ބަޔަކު ތަފާތު ކުރާތީ ރުޅި އަންނަނީ ޢާއްމުރައްޔިތުން...