ޚަބަރު

ކޯވިޑް-19 : އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން މިއަދު އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 14 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،947 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 32 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،781 އަށް އަރާފައެވެ. ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން 46 މީހުން ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 92 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،816 ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިހާތަނަށް ރިޕީޓެޑް ސާމްޕަލްތައް ހިމެނޭހެން ޖުމްލަ 241،346 ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި ވަނީ ނަގާފައެވެ.