ކުޅިވަރު

ލީޕްޒިގް މޮޅުވެ އެއްވަނައިގައި އޮތް ބާޔާންއާ އަރާހަމަކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި ރޭ ލީޕްޒިގް ކުޅުނު މެޗުން މޮޅުވެ، ބަޔާން ކުޅުނު މެޗު އެއްވަރުވުމުން ޕޮއިންޓްގެ ގޮތުން 2 ޓީމް ހަމަހަމަވެއްޖެއެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީފްޒިގް މޮޅުވީ ވާޑާބްރޭމަން އަތުން 2-0ގެ ނަތީޖާއަކުންނެވެ.

ބަޔާން މިއުނިކް ރަށުން ބޭރުގައި ޔޫނިއަން ބާލިން ވާދަކޮށް އެއްވަރުވީ 1-1 ލަނޑުންނެވެ. ބަޔާން ކުޅުނު މެޗުގައި އެޓީމުގެ ލަނޑު ލެވޮންޑެސްކީ ކާމިޔާބުކުރިއިރު، މިއީ އޭނާ ބަޔާންއަށް މި ސީޒަންގައި ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަޔާން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ލީގުގައި ރޭ ޑޯޓްމަންޑް ވަނީ ސްޓުރުޓްގާޓް އަތުން 5-1ގެ ނަތީޖާއަކުން ތާފާތު ބޮޑުކޮށް ބަލިވެފައެވެ. މިއީ 2009 ވަނައަހަރުފަހުން އެޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑް ބަލިވިއިރު އެޓީމުގެ އެއް ނަންބަރު ފޯވާޑް ހާލެންޑްއަށް އަނިޔާވިފަހުން އެޓީމަށް ވަނީ ރަނގަޅު ނަތީޖާއެއް ހޯދަން އުނދަގޫވެފައެވެ. ހާލަންޑްއަށް އަނިޔާވިފަހުން ލީގުގައި އެޓީމަށް ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގައި އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ޑޯޓްމަން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ރޭގެ މެޗުން ބަލިވުމާއެކު އެޓީމު ވަނީ ތާވަލްގެ 5 ވަނައަށް ވެއްޓިފައެވެ.

ރޭގަ ލީގުގައި މޮންޗެންގްލެބެކް އާއި ހާތާ ބާލިން އެއްވަރުވިއިރު ފްރެއިބާގް އިން ވާނި އަރްމީނިއަ ބެއިލަފީލްޑް އަތުން 2-0 ލަނޑުން މޮޅުވެފައެވެ. މި ނަތީޖާއަކު ތާވަލުގެ އެއްވަނައިގަ 24 ޕޮއިންޓާއެކު ބާޔާން އޮތީ ލަނޑުގެ ތަފާތުންނެވެ. ދެވަނަގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ލީޕްޒިގް އޮތްއިރު ތިންވަނަ ބަޔާ ލެވަކޫސަންއަށް ލިބެނީ 22 ޕޮއިންޓާއެކުއެވެ. 4 ވަނައިގައި ވުލްފްބާގް އޮތީ ލެވަކޫސަންވުރެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ.