ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލާފައި އޮތް އެއަރފްރާންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
މެދުކެނޑިފައި އޮތުމަށްފަހު އެއަރ ފްރާންސްގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ފްލައިޓުން 268 ފަސިންޖަރުން ރާއްޖެ އައެވެ. ފްރާންސްގެ ޤައުމީ އެއާލައިން، އެއަރ ފްރާންސް ރާއްޖެއަށް ދަތުރުތައް ބާއްވަން ފަށާފައިވާއިރު، ހަފްތާއަކު 3 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ބާއްވާނެއެވެ.
އެއަރ ފްރާންސްގެ ދަތުރުތައް އަލުން ފެށުމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު މާކެޓުގެ %3.5 ފްރާންސްގެ ފަތުރުވެރިން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ޤައުމުން މިދިޔަ އަހަރު އެކަނިވެސް 59738 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއަރ ފްރާންސްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަވަމުންދާކަމުގެ ރަނގަޅު ނިޝާނެއްކަމަށެވެ.
In 2019 #France contributed 3.5% market share of total arrivals to #Maldives with 59,738 tourists.
— Abdulla Mausoom (@Mausoom_Maus) December 19, 2020
Restarting @airfrance to Maldives @VelanaAirport is an encouraging sign of our tourism bouncing back. Thanks #AirFrance.#TogetherWeCan@visitmaldives #VisitMaldivesNow https://t.co/kL5dvmGdE8
އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، ބޯޑަރު ހުޅުވުނު ފަހުން ފްރާންސުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 3109 ފަތުރުވެރިންނެވެ. އަދި މިއަހަރު ޖުމްލަ 24033 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
އެއާފްރާންސްގެ ދަތުރުތައް އަލުން ފެށުމާއެކު ޔޫރަޕް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އަނެއްކާވެސް އިތުރު ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.