ޚަބަރު

ކޯވިޑް-19: މިރޭ ޕޮޒިޓިވްވީ 30 މީހުން


ރާއްޖެއިން އިތުރު 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 17 މީހުންނެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13,834އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 16 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،166 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2105 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް 320،957 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ 7 މާޗް 2020ގައެވެ. 2020 ނިމުނުއިރު ރާއްޖެއިން 13757 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.