ކުޅިވަރު

ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ނަތީޖާ ހޯދަން އުނދަގޫ : ކޫމަން


ސްޕެނިޝް ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ނަތީޖާ ހޯދަން އުނދަގޫކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން ބުނީ މިހާރު ލީގުގައި ހާލަތު އޮތްގޮތުން އެހެން ޓީމުތަކުން ނެރެމުންދާ ނަތީޖާތަކަށް ވަރަށް ބޮޑަށް ބަލަންޖެހިފަވާކަމަށާއި ލީގުގައި މިމަހުތެރޭގައި ރަށުން ބޭރުގައި ގިނަ މެޗުތައް ކުޅެންޖެހިފަވާކަމަށެވެ. އޭނާ ބުނީ ކޮންމެވެސް އެއްޗެއް ހާސިލްކުރުމަށް ލީގުގައި އެންމެ ފަހުވަގުތާހަމަޔަށް މަސައްކަތް ކުރާނެކަމަށެވެ. މެޗުތަކުން ހޯދޭ ދައްނަތީޖާގެ ސަބަބުން ލީގުގައި ވާދަވެރި އެހެން ޓީމުތަކާ އޮތް ފަރަގު ބޮޑުވަމުންދާ ކަމަށާއި އެޓީމުތަކާ އަރާ ހަމަކުރުމަށް މެޗުތަކުން މޮޅުވާން ޖެހޭކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުންޏެވެ.

މިވަގުތު ލަލީގާ ކުޅުނު 16 މެޗުން 28 ޕޮއިންޓް ހޯދައިގެން ބާސެލޯނާ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.