ޚަބަރު

ކޯވިޑް-19 : ބިޔާދޫން ޕޮޒިޓިވްވި ޢަދަދު 49 އަކަށް


ބިޔާދޫ އައިލެންޑް ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވެފައިވާ މީހުންގެ ޢަދަދު 49އަކަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކުރެވިގޮތުގައި އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ރާއްޖޭގެ ރިސޯޓުތަކުން ކޯވިޑް-19އަށް ޕޮޒިޓިވި 34 މީހުންގެތެރެއިން 32 މީހުންނަކީ ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް އެ ރިސޯޓުގެ މުވައްޒަފުންނެވެ. މިއާއެކު އެރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 49އަކަށް އަރާފައެވެ.

އެރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ކޯވިޑްގެ ޢަލާމާތްތައް ހުރި އެރިސޯޓުގެ މުވައްޒަފަކު މާލެއައިސް ޓެސްޓުހެދުމުން އޭނާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން ޖުމުލަ 33 ސާމްޕަލެއްނަގައި ޓެސްޓުކުރިއެވެ. އޭގެތެރެއިން 15 މީހުން ޕޮޒިޓިވްވިއެވެ. އަދި އިތުރު 71 ސާލްޕަލްވަނީ ޓެސްޓްކުރުމަށްޓަކައި ނަގާފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެރިސޯޓުގައި ކަރަންޓީނުގައިހުރި މުވައްޒަފުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު އިއްޔެއާ ހަމައަށް އެރިސޯޓުން ޖުމުލަ 17 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީން މިރޭ ހާމަކުރެއްވިގޮތުގައި ފަހުން ޓެސްޓުކުރި ސާލްޕަލްތަކުގެ ތެރެއިން އިތުރު 32 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު އެރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 49އަކަށް އަރާފައެވެ.