ވިޔަފާރި

ކޯވިޑް ލޯނުތައް ނުހިމެނޭގޮތަށް 305 ފަރާތަކަށް މިދިޔަ އަހަރު ލޯނު ދޫކުރި


ކޯވިޑް ލޯންތަކުގެ އިތުރުން 305 ފަރާތަކަށް މިދިޔަ އަހަރު ލޯނު ދޫކޮށްފައިވާކަމަށް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ބުނެފިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ކޯވިޑް ވިޔަފާރިގެ އެހީ ލޯނުގެ އިތުރުން، އެސްޑީއެފްސީން ވަނީ 420 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. 305 ފަރާތަކަށް މި ލޯނު ދޫކޮށްފައިވާއިރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ، ކޮމާޝަލް ވިޔަފާރިތަކަށެވެ. އެއީ ލޯނު ދިން ޖުމްލަ ފަރާތްތަކުގެ %39.7 އެވެ.

ދެވަނަ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާ ވިޔަފާރިތަކަށެވެ. އެއީ %18.7 އެވެ. މަސްވެރިކަމުގެ ދާއިރާ %14.4 ލޯނު ހިއްސާކުރާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން %5.2 ހިއްސާވެއެވެ. މިފަހަރު އެންމެ

މިލޯނުތަކުގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، 2205 ފަރާތަކަށް، 381 މިލިއަން ރުފިޔާ އެސްޑީއެފްސީން ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސައްކަތް އެސްޑީއެފްސީން ދަނީ ކުރަމުންނެވެ.