މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މިރާ)ގެ ހުޅުމާލެ ކަލެކްޝަން ސެންޓަރާއި ޓެކްސްޕޭޔަރ ސާވިސް ސެންޓަރުގެ ޙިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިރާއިން ހާމަކޮށްފިއެވެ.
މީރާއިން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން މިވަގުތު ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މީރާގެ ހުޅުމާލޭ ކަލެކްޝަން ސެންޓަރާއި މީރާގެ ޓެކްސްޕޭޔަރ ސާވިސް ސެންޓަރު ޙިދުމަތް ލިބޭނީ ހެނދުނު 8:15އިން މެންދުރު 12:00އަށް ކަމަށް މީރާއިން ވިދާޅުވެއެވެ.
އަދި މި ތަންތަނުން ޚިދުމަތް ހޯއްދާ ފަރާތްތަކުން މީރާ އެޕްލިކޭޝަން ނުވަތަ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނެގުމަށް މީރާއިން އިލްތިމާސް ކުރެއެވެ. އަދި އޮންލައިން ޓޯކަން ނުނެގޭ ފަރާތްތަކުން މިރާގެ 3020460 ނަމްބަރަށް ގުޅާ އެޕޮއިންޓްމެންޓް ހެދުމުގެ އިންތިޒާމު ހަމަޖެހިފައވާ ކަމަށްވެސް މީރާއިން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަށް އިތުރުވަމުންދާ މިދަނޑިވަޅުގައި މީރާގެ ޚިދުމަތްތަށް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން ވީހާވެސް ގިނަ ފަރާތްތަކުން އެމަގު އިޚްތިޔާރުކުރަން މިރާއިން އިލްތިމާސްކުރެއެވެ. އަދި އެއްވެސް ފޯމެއް ހުށަހަޅާނަމަ އެފޯމުގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށާއި، މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީރާގެ 1415 ނަމްބަރާ ގުޅައި ސާފުކުރެއްވުމަށް މީރާއިން އެދިވަޑައިގަންނަވެއެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތަށް އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރު އޮފީސްތަކުގެ ޚިދުމަތްދޭ ގޮތަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޝިޕްޓްތަކަށް ބަހައިގެން މަސައްކަތް ކުރުމާއި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު، ގިނަ ތަންތަނުން ދަނީ ހަމަޖައްސަމުންނެވެ.