މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވިއަންއިން ޑާކާއަށް ޝެޑިއުލް ދަތުރުތައް ފަށާނީ ހަފްތާއަކު 3 ފްލައިޓު އަޅާ ގޮތަށެވެ. އެގޮތުން މިހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު އާދިއްތަ އަންގާރަ އަދި ހުކުރު ދުވަހު ޑާކާ އަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ. އަދި ދަތުރުތަކަށް ބުކިސް ހެދުމަށް އެއެއަރއާލައިނުންން މިހާރުވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަން އިން ޑާކާއަށް ސީދާ ދަތުރުތައް އަލުން ފަށަން ނިންމާފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން ބޭރު ޤައުމުތަކަށް މޯލްޑިވިއަންއިން ކުރަމުން އައި ޝެޑިއުލް ދަތުރުތައްވަނީ މެދުކަނޑާލާފައެވެ.
ބޯޑަރުތައް ބަންދުވެ އޮތުމަށް ފަހު އަލުން ހުޅުވުމާއި އެކު، ފަހަކަށް އައިސް ޚާއްސަ ފްލައިޓުތަކެއް މޯލްޑިވިއަން އިން ދިޔައީ މި ސަރަހައްދުގެ ޤައުމުތަކަށް ބާއްވަމުންނެވެ. އަދި މިހާރު އިންޑިއާގެ ކޮޗިންއަށް މިމަހު ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ.