ކުޅިވަރު

ދިވެހި ފުޓްބޯޅައަކީ މިހާރު އެތަށް ބައެއްގެ ވަޒީފާއާއި ގުޅުންހުރި ދާއިރާއެއް: ބައްސާމް


ދިވެހި ފުޓްބޯޅައަކީ މިހާރު އެތަށް ބައެއްގެ ވަޒީފާއާއި ގުޅުންހުރި ދާއިރާއެއްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ.

ބައްސާސް މިހެން ވިދާޅުވެފައިވަނީ އެޗްޕީއޭއިން އެންމެ ފަހުން ނެރެފައިވާ ގައިޑްލައިންތަކާއެކު ފުޓްބޯޅަ ލީގްއާއި ފަރިތަކުރުންތަށް ހުއްޓާލަން ޖެހުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރި ޓުވީޓަކާއި ގުޅިގެންނެވެ. ބައްސާމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ފުޓްބޯޅައަކީ މިހާރު ހަމައެކަނި ކުޅިވަރެއް ނޫންކަމަށާއި މިއީ އެތައް ބައެއްގެ އާމްދަނީއާއި ގުޅިފައިވާ ސިނާއަތެއްކަމަށެވެ. އަދި މިކުޅިވަރު ހުއްޓާލާއިރު މިއީ އެތައް ބައެއްގެ އާމްދަނީއާއި ގުޅިފައިވާ ސިނާއަތެއްގެ ގޮތުގައި ވިސްނުމުގައި އަމަލު ކުރަންޖެހޭކަމަށްވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ބައްސާމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އުއްމީދަކީ ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކުން އެކަމަށް ހައްލެއް ހޯދައިދޭނެކަމަށާއި ލީގް އަލުން ފަށައި މިދިޔަ އަހަރު ތަޖުރިބާކުރި ކަންތައްތައް ދެވަނަ ފަހަރަށް ތަކުރާރު ނުވުންކަމަށެވެ.

މާލެ ފުރަބަންދު ކުރުމަށްފަހު އެޗްޕީއޭއިން ދިން ލުއިތަކާއެކު، އެފްއޭއެމްއިން ކުލަބްތަކުގެ ފަރިތަކުންތައް ފަށާފައިވަނީ އެޗްޕީއޭއެއިން ކަޑައަޅާފައިވާ ހާއްސަ ގައިޑްލައިންތަކާއެކުގައެވެ. އަދި ލީގްގެ ކުޅުންވެސް ފަށާފައިވަނީ ހާއްސަ ގައިޑްލައިންތަކާއެކުގައެވެ. ކުލަބްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ލީގް ހުއްޓާލި ނަމަވެސް، ކުލަބްތަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭތީއެވެ. ކޮވިޑް19އާއި ގުޅިގެން މިދިޔަ އަހަރުވަނީ އެފްއޭކަޕް އާއި ޕްރެޒިޑެންޓްސް ކަޕްވެސް ކެންސަލްކޮށްފަ.

މާލޭގައި ކޯވިޑް19 ގެ ކޭސްތައް އިތުރުވެ، އެޗްޕީއޭއިން އަޅާފައިވައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު، އެކަނި ކުރެވޭ ކަސްރަތު ނޫން އެހެން ހުރިހާ ކުޅިވަރެއް މިހާރުވަނީ ހުއްޓާލާފައެވެ.