ތިމާވެށި

ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް 329 މިލިޔަން ޚަރަދުވެފައިވޭ


ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް
ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް މިސަރުކާރުން މިހާތަނަށް ތިންސަތޭކަ ނަވާވީސް މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންވަޔަރަމެންޓް
މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.



މިނިސްޓަރ ޠޯރިޤް ވިދާޅުވީ
ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ސަތާރަ ރަށެއްގައި މަޝްރޫއުތައް ފަށާފައިވާއިރު
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގޮނޑުދޮށް ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ
ޖުމްލަ ދިގުމިން  ދިހައެއް ޕޮއިންޓް
ހަތެއްދޭއް ކިލޯމީޓަރަށް އަރާކަމަށެވެ. މިނިސްޓަރ ޠޯރިޤް ވިދާޅުވީ މި ސަތާރަ
ރަށުގެ ތެރޭން ބައެއް ރަށްރަށުގެ މަސައްކަތް ނިމިފައިވާކަމަށާ އަނެއްބައި
ރަށްރަށުގެ މަސައްކަތްތައްވެސް ފެށި އެކިމަރުހަލާތަކުގައިވާކަމަށެވެ.