ޚަބަރު

އައްޑޫ ސަވާހެލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރަނީ


އައްޑޫސިޓީ ފޭދޫ ކައިރީގައި އޮންނަ ސަވާހިލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކައުންސިލުގެ މިއަހަރުގެ 5 ވަނަ ރަސްމީ ޖަލްސާގައެވެ. ފެދޫގެ އިރުމަތިން އޮންނަ ސަވާހިލި ތަރައްޤީ ކުރަނީ އައްޑޫގެ ގެސްޓު ހައުސްތަކުން ފަތުރުވެރިންނަށް ނުލިބޭ ފަދަ ޚިދުމަތްތައް ދިނުމަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން މިތަނުގެ ބީޗް ތަރައްޤީ ކުރުމާއި ފަތުރުވެރިންނަން ބޭނުން ކުރެވޭނެ އެކި ވަސީލަތް ޤާއިމު ކުރެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުގެ މިނިންމުމާއި އެކު މިރަށް މިގޮތަށް ތަރައްޤީ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މިރަށަކީ ހަމައެކަނި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ރަށަކަށް ނަހަދާނެ ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގައި މިވަގުތު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޒޯންތައް ކަނޑައަޅައި، ޒޯންތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މިވަގުތު އައްޑޫ ސިޓީގެ ޓުއަރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑް-19 އާއި ގުޅިގެން ސިޓީގެ 3 ރިސޯޓުގެ ތެރެއިން މައި ދެ ރިސޯޓު ކަމަށްވާ ކެނެރީފް އައިލޭންޑް ރިސޯޓާއި ޝަނގްރިއްލާ ބަނދުކޮށްފައިވުމެވެ.