ކުޅިވަރު

ޤައުމީމުބާރާތާ އަތޮޅު ބެޑްމިންޓަން މުބާރާތުގެ ފުރުޞަތު ހުޅުވާލުން


ސާޅީސް ދެވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާ
އަށްވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ހުޅުވާލައިފިއެވެ.



މުބާރާތުގައި
ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށްފަހު އެސޯސިއޭޝަނުން ބުނެފައިވަނީ މިމަހުގެ
ސައްބީހުން އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް
ގެންދިޔުމަށް ނިންމާފައިވާ މި ދެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ
ތާރީޙަކީ މި ހިނގާ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ދެގަޑި ސުންމިނެޓްގެ
ކުރިން ކަމަށެވެ.  މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ
ކުޅުންތެރިންނާ ކްލަބް ޖަމިއްޔާ އަދި ބެޑްމިންޓަން ޑިވަލޮޕްމެންޓް ކޮމެޓީތަކުން
މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއެންޓެއް
ކަނޑައަޅާ އެ ފަރާތެއްގެ ނަން އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް ނޮވެމްބަރު
ފަނަރަވަނަ ދުވަހުގެ ދެގަޑި ސުންމިނެޓްގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް
ލިޔުމުން އެށައެޅުމަށް އެސޯސިއޭޝަނުން ވަނީ އަންގާފައެވެ.