ވިޔަފާރި

އައްޑޫގެ ފަތުރުވެރިކަމުގެ ސަރަހައްދުތަކުގެ ބިންތަކުގެ ބީލަން 35 ފަރާތަކުން ކާމިޔާބުކޮށްފި


އައްޑޫއިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ކުރިމަތިލާ ބީލަން ކާމިޔާބު ކުރި، 35 ފަރާތާއި އެކު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ސޮއިކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅައި، 5 ސަރަހައްދަކުން 4000 އެނދު ތަރައްޤީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އައްޑޫގެ އަވަށްތަކުން، 96 ބިމަށް ފުރުސަތު ހުޅުވާލިއެވެ. މިބިންތަކަށް ބީލަން ހުށަހެޅުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ އިރު، ބިންތަކަށް 45 ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މީގެ ތެރެއިން ބީލަން އިވެލުއޭޓުކޮށް ކާމިޔާބު ކުރި 35 ފަރާތަކަަށް އެވޯޑް ލެޓަރ ހަވާލު ކުރެވިފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މިފަރާތްތަކާއި އެކު ސޮއި ކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އައްޑޫގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ހިންގާ މިމަޝްރޫގެ ދަށުން މިހާރު ސަރަހައްދުތަކުގެ ލޭންޑް ސްކޭޕިން މަސައްކަތް ކުންފުނިތަކާއި ހަވާލުކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫންނެވެ. ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން"އިން 30 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުދޫ "ކޭވަށް ބީޗް މާފިޝި ޓޫރިޒަމް ޒޯން" އިން 25 ބިން، މީދޫ "ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯން"އިން 16 ބިން "ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯން"އިން 24 ބިން އަދި މަރަދޫ އަވަށުން 10000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫގައި ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ތަރައްޤީ ކުރުމަކީ ސަރުކާރުން އައްޑޫގައި 8000 އެނދު ތަރައްޤީ ކޮށްދެވާނެ ކަމަށްވި ވަޢުދުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މީގެ އިތުރުން އައްޑޫގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސްވެސް އައްޑޫގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެމްއެމްޕީއާރްސީއާއެކު އައްޑޫ ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ގިނަ ބައެއްގެ ކަނބޮޑުވުން މިވަގުތު އޮތީ ސިޓީ މައި ދެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނެރީފް އައިލޭންޑް ރިސޯޓު ބަންދު ކޮށްފައި އޮތުމާއި ގުޅިގެންނެވެ. ސަރުކާރުން ވަނީ މި ދެރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. އަދި މިކަމުގައި ދެ ރިސޯޓުގެ މެނޭޖްމަންޓާއި މަޝްވަރާ ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޢަފީފު

ތި ކުރައްވާ މަސައްކަތައް އައްސަރިބަހާ ސާބަސް، އެކަމަކު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަވަސް ބޭނުން