ޚަބަރު

ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް ފަރުވާދެނީ


އެންދަމަން ތިބި ދޯންޏެއްގައި ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގައި އަނިޔާވި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

ދެ ބިދޭސީއެއްގެ މެދުގައި ހިންގި އެމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 03:50 ހާއިރުކަމަށާއި، މާރާމާރީ ހިންގި ދެ މީހުންގެ ތެރެއިން އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވަނީ ވިދާޅުވެފައެވެ.