ޚަބަރު

ފުވައްމުލަކު ސިޓީން މަސްވެރިކަމަށް ނިކުތް ޑިންގީއެއް ޚަބަރެއް ނުވެގެން ހޯދަނީ


ފުވައްމުލަކު ސިޓީން މަސްވެރިކަމަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން ހޯދަންފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭފަތިހު 04:30 އެހާއިރު މަހަށް ފުރި ޑިންގީގެ ޚަބަރެއް ނުވެގެން މަހަށްދިޔަ މީހެއްގެ އާއިލާއިން މިއަދު 10:40 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

ހޯދަމުންދަނީ 22 ފޫޓުގެ ހުދުކުލައިގެ ދަވާދުލައި، ރަތްކުލައިގެ ފަށެއް ދަމާފައިވާ ޑިންގީއެއްކަމަށާއި، ޑިންގީ މަހަށްދިޔައީ ކޮން ދިމާލަކަށްކަން އަދި ކިތައްމީހުންކަން މިހާތަނަށް ސާފުވެފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޑިންގީ ހޯދުމުގެ މަސައްކަތް ސަދަން އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށާފައިވާކަމަށާއި، ހެލިކޮޕްޓަރާއި، ކޯސްޓްގާޑްގެ ނޫރަށްދީން ލޯންޗުގެ އިތުރުން ސީއެމްބިއުލާންސް ވެސް ޑިންގީ ހޯދުމުގެ މަސަކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.