ޚަބަރު

ދޯންޏެއްގެތެރޭގައި ދެ ބިދޭސީން ހިންގި މާރާމާރީގައި ޒަޚަމްވި މީހާ މަރުވެއްޖެ


ދޯންޏެއްގެތެރޭގައި ދެ ބިދޭސީން ހިންގި މާރާމާރީގައި ޒަޚަމްވި މީހާ މަރުވެއްޖެއެވެ.

އެންދަމަން އޮތް ދޯންޏެއްގެ ތެރޭގައި ރޭ ހިންގި މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާއަށް ފަރުވާދެމުންދިޔައީ ތ.އަތޮޅު ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައެވެ.

ފުލުހުން ވިދާޅުވީ ޒަޚަމްވި މީހާއަށް ފަރުވާދެމުންދަނިކޮށް މިއަދު 11:59ގައި އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާކަމަށެވެ.

ދެ ބިދޭސީއެއްގެ މެދުގައި ހިނގި އެމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 03:50 ހާއިރުކަމަށާއި، މި މައްސަލައާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވަނީ ވިދާޅުވެފައެވެ.

ފާސިލް

ތި މައްސަލާގައި ދޯނީގެ ވެރިފަރާތް ހައްޔަރު ކުރަން ޖެހޭ. މަސްވެރިކަމުގަ ބިދޭސީން ބޭނުން ކުރުމަކީ ޤާނޫނީ ކުށެއް.