ޚަބަރު

ޚަބަރެއް ނުވެގެން ހޯދަންމުންދިޔަ ފުވައްމުލަކު ޑިންގީއާ ގުޅިއްޖެ - އެމްއެންޑީއެފް


ޚަބަރެއް ނުވެގެން ހޯދަންމުންދިޔަ ފުވައްމުލަކު ސިޓީގެ ޑިންގީއާ ގުޅިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭފަތިހު 04:30 އެހާއިރު މަހަށް ފުރި ޑިންގީގެ ޚަބަރެއް ނުވެގެން މަހަށްދިޔަ މީހެއްގެ އާއިލާއިން މިއަދު 10:40 އެހާކަންހާއިރު ރިޕޯޓުކުރުމާއި ގުޅިގެން ޑިންގީ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް އޭގައި ތިބި މީހުންނާއި ޑިންގީގެ ވެރިފަރާތާއި މީގެ ކުޑައިރުކޮޅެއްކުރިން ގުޅިފައިވާކަން ވެރިފަރާތުން މައުލޫމާތުދީފައިވާކަމަށެވެ.

22 ފޫޓުގެ އެ ޑިންގީ ފުވައްމުލަކަށް ދިއުމަށް މިހާރު ދަތުރުކުރަމުންދާކަމަށްވެސް ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޑިންގީ ފެނިފައިވަނީ ސަދަން އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަން އާއި، ހެލިކޮޕްޓަރާއި، ކޯސްޓްގާޑްގެ ނޫރަށްދީން ލޯންޗުގެ އިތުރުން ސީއެމްބިއުލާންސުންވެސް އެޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.