ޚަބަރު

ސްޓެލްކޯ ސަރަހައްދުން ގޮވާ ޒާތުގެ އެއްޗެއް ނުފެނޭ- އެމްއެންޑީއެފް


ސްޓެލްކޯ ކައިރިން ގޮވާ ޒާތުގެ އެއްޗެއް ފެނިފައިނުވާކަމަށާއި، އެސަަރަހައްދު ފުލުހުން ބަލާ ފާސްކުރީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައިފިއެވެ.އެމްއެންޑީއެފުން ބުނީ މިއަދު މެންދުރުފަހު ތިނެއްޖަހާ އެހާކަންހާއިރުން ފެށިގެން ފުުލުހުންނާއި ސިފައިން ވަނީ ސްޓެލްކޯ ކައިރިން ދޮންއަދަރާދަ ހިނގުމުގައި އޮތް ކާރެއްގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން އެސަރަހައްދުގެ ބޮޑު ބައެއް ޗެކްކޮށްފައިވާކަމަށެވެ. ނަމަވެސް އެސަރަހައްދުން ގޮވާ ޒާތުގެ އެއްޗެއް ނުފެންނަކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. ފުލުހުންނާއި ސިފައިން މިއަދު ނެރުނު ބަޔާނެއްގައި، ބައެއް އާއްމުންގެ އަތުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އަދި އޭގެ ބޭނުން ކޮށްފާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ.