ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަދަމާ!


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އެކަންޏެވެ.ޤާނޫނުއަސާސީގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންވާނޭކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެމަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރާ ގުޅިގެން ދެ ކަމެއް ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.އެގޮތުން ޤަރާރުގެ ވަކިބައެއް ނުވަތަ މުޅި ޤަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޤަރާރު ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން ޤަރާރު ބާތިލުކުރުމުގެ ބާރުވެސް ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވެއެވެ.