ޚަބަރު

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ދިއްފުއްޓާއި ހުރާވެސް މޮނީޓަރިންގއަށް


ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މާލެ އަތޮޅު ދިއްފުއްޓާއި ހުރާވެސް މޮނީޓަރިންގ ހާލަތަށްގެނެސްފިއެވެ.

ދިއްފުށި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ މިމަހުގެ ކުރީކޮޅު އެރަށުން ރ. އުނގޫފާރަށް ދިޔަ 2 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އެރަށުން ބޭސްފަރުވާއަށް މާލެއައި އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ރ. އުނގޫފާރަށް ދިޔަ މީހުން ކަރަންޓީންވުމަށް އަންގާފައިވާއިރު، މިމަހުގެ 3 އިން 4އަށް ދިއްފުށިން 30 މީހުންވަނީ ބޭސްފަރުވާއަށް ދަތުރެއްކޮށްފައެވެ. ދިއްފުށީ ކައުންސިލުން ވިދާޅުވީ ޕޮޒިޓިވްވީ އެރަށުން އައި މީހުންގެ ތެރެއިން 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަކުރި މީހުންގެ ސާމްޕަލްނެގުމުންކަމަށެވެ.

މިކޭސްތަކާއި ގުޅިގެން އެދެރަށުގައިވެސް ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހުންނާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.