ޚަބަރު

ގިނަ ވޯޓުފޮށިތައް ބަންދުކުރިއިރު 63.67 އިންސައްތަ މީހުން ވޯޓުލައިފި


ގިނަ ވޯޓުފޮށިތައް ބަންދުކުރިއިރު %63.67 މީހުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ޓުވިޓާރގައި ހިއްސާކުރެއްވި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮރުއޮއްސި 18:22އާ ހަމައަށް ވޯޓުލާފައިވަނީ 173909 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 88010 ފިރިހެނުންނާއި، 85899 އަންހެނުންނެވެ. މިއީ މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ 273128 މީހުންގެ ތެރެއިން 63.67 އިންސައްތަ މީހުންނެވެ.

މިހާތަނަށް ވޯޓު ނުލާމީހުންގެ ޢަދަދު 36.33 އިންސައްތައަށް އަރާކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ގިނަ ވޯޓުފޮށިތައް މިހާތަނަށް ބަންދުކޮށްފައިވާއިރު، އެންމެ ލަހުން ބަންދުކުރަން ނިންމާފައިވަނީ ތ. ވިލުފުށީގައި ބަހައްޓާފައިހުރި ވޯޓުފޮށިތަކެވެ.