ވިޔަފާރި

މަހުގެ އަގު ދަށަށް، ކިލޯއެއް 35 ރުފިޔާއަށް!


މާލޭ ބާޒާރުގައި މަސް ތިޔާގިވެ، މަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

މަހުގެ އަގު ދަށަށް ދާން ފަށާފައިވާއިރު، މިއަދު މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. އަދި ބޮޑު ކަންނެލި މަސް ކިލޯއެއް 50 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.

ރޯދަމަސް ފެށުނުއިރު މަހުގެ އަގުތައް ހުރީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން އޭރު ކަނޑުމަސް ކިލޯގެ އަގު ހުރީ 65ރ. އަށެވެ. އަދި ކަންނެލީގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ.

މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ މަހުގެ އަގު ދަށްގޮސްފައި މިވަނީ މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުން މާރުކޭޓަށް މަސް ލިބެމުންދާތީ ކަމަށެވެ. އެެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަނެއްކާވެސް މަހުގެ އަގު އުފުލުން އެކަށީގެންވާކަމަށް މަސް ވިއްކާ ބައެއް ފަރާތްތަކުން ބުނެއެވެ. ސަބަބަކީ މަސްވެރިން ދޭ މައުލޫމާތަށް ބަލާއިރު، އެންވެރިކަން މިދުވަސްކޮޅު ދަށްވެފައިވުންކަމަށްވެސް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ.