ޚަބަރު

އެސްޓީއޯ ކާޑުގުދަނެއްގައި ހުރި ބަސްތަތާކެއް ފުރޮޅާލައި 3 މީހަކަށް އަނިޔާވެއްޖެ


ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ހުރި ބަސްތާތަކެއް ފުރޮޅާލައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ކުރީގައި ހިނގި މިހާދިސާގައި އަނިޔާލިބުނީ 3 ބިދޭސީއަކަށް ކަމަށާއި، އެ 3 މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށެވެ.

އަދި އޭގެ ތެރެއިން 2 މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށާއި އަނެއް މީހާ އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާދިސާ ހިންގަން މެދުވެރިވި ސީދާ ސަބަބު އެކުންފުނިން އަދި ހާމަކޮށްފައިނުވެއެވެ.