ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މިމަހުގެ 8 ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް 'ސަޕޯޓް ޕާމިޓް'ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ 8ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، 'ސަޕޯޓް ޕާމިޓް' އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
We are changing vehice permits for delivery to 'Support Permits'. Hence, vehicle permits issued for delivery will not be valid from 8th June 2021. You can apply for 'Support Permits' via police permit portal and continue providing delivery services.
— Maldives Police (@PoliceMv) June 5, 2021
1/2 pic.twitter.com/X26wL8gLl9
ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަޙައްދުގައި ބޭރަށް ނިކުމެ އުޅެވޭ ވަގުތުވަނީ މަދުކޮށްފައެވެ. އެގޮތުން ހުއްދަ ނެތި ހަވީރު 16:00އިން ފަތިހު 04:00އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. މިއާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނުވަތަ ޚާއްސަ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓްތަކުގެ އެތެރޭގައި ތިބެ ކެއުމާއި ޓޭކްއަވޭ ޚިދުމަތް ދިނުން މަނާވާނެއެވެ. އަދި ހެނދުނު 6 އިން ރޭގަނޑު 12 އަށް ހުއްދަ ނަގާފައިވާ ފިހާރަ، ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވެރީގެ ޚިދުމަތްދެވޭނެއެވެ. އެހެންނަމަވެސް ފިޔަވަޅުތަކާ ގެނެވުނު ބަދަލުތަކާއެކު ކާފިއު ގަޑީގައި ފިހާރަ، ކެފޭ/ރެސްޓޯރަންޓްތަކުން ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތްދޭނަމަ އެތަނެއް 5000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށެވެ. އަދި މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެންނާއި، ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި މާލެ ސަރަޙައްދުގެ ފިހާރަތަކުން މެންދަމު 12:00 ޖެހުމާއި ހަމައަށް ޑެލިވަރީގެ ޚިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދުއެވެ. އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.